ދިވެހިރާއްޖެ
ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރުން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިރަށުގައި މިހާރު ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން، ކެޓަގަރީ-އޭ (ބ. ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް) އަށާއި، ކެޓަގަރީ–ބީ (ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓް) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާއްމުކުރީމެވެ.
އަދި ދަންނަވަމެވެ. ކެޓަގަރީ-އޭ (ތުޅާދޫގެ ރައްޔިތުންނަށް ޚާއްޞަ ކެޓަގަރީ) އަދި ކެޓަގަރީ-ބީ (ބ. ތުޅާދޫ އަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ ލިސްޓް، ކައުންސިލް އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަށް ހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.
26 ރަބީޢުލްއައްވަލް 1447