ދިވެހިރާއްޖެ
އިޢުލާން
ތިނަދޫސިޓީން ކުއްޔަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން، ޤަވާއިދުން ކުލި ނުދައްކާ ބިންތަކާއި، އެފަދަ ބިންތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުން
ތިނަދޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 2025 ސެޕްޓެމްބަރ 15 ގެ ނިޔަލަށް މި އިދާރާއަށް ލިބެންޖެހޭ ނުލިބިވާ ފައިސާގެ ޢަދަދަކީ 30,638,316.37 ( ތިރީސް މިލިއަން ހަސަތޭކަ ތިރީސްއަށްހާސް ތިންސަތޭކަ ސޯޅަ ރުފިޔާ ތިރީސްހަތް ލާރި ) އެވެ. މި ބިންތަކުގެ ތަފްސީލް އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
ވީމާ، ބިމުކުލި ދައްކަމުން ނުދާ ފަރާތްތަކުން ބިންތަކުގެ ކުލި މަހުން މަހަށް ދައްކަމުން ގެންދެވުން އެދެމެވެ. އަދި ނުދައްކާހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުޢީ މަރުޙަލާތަކަށް ފޮނުވައި، އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަށާފައިވާ ކަން އިޢުލާންކުރަމެވެ.
26 ރަބީޢުލްޢައްވަލް 1447