މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2015/100
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 20 އޮކްޓޫބަރު 2015 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިދަ ފަހައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

މިކުންފުނިން ދައްކާ ނަމޫނާއާ އެއްގޮތަށް، ޤައުމީދިދައާއި މިކުންފުނީގެ ދިދަ އަމިއްލަ ތަކެތީގައި ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 އޮކްޓޫބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހުށަހަޅަން ކަނޑައެޅިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

2 މުޙައްރަމް 1437

15 އޮކްޓޫބަރު 2015