ނީލަން
ނަންބަރު: GS207/IUL/2025/021
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 06:54
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ސްކޫލް
ދިވެހިރާއްޖެ
މަޑަވެލީ ސްކޫލުގައި ހަލާކުވެފައިވާ ހަރުމުދާ ނީލަން ކިޔުމާއި ގުޅޭ!

އިޢުލާނު

މަޑަވެލީ ސްކޫލުގައި ބައުވެ ހަލާކުވެފައިވާ ޑެސްކްތައް ނީލަން ކިޔުމާއި ބެހޭ!

 

                     މަޑަވެލީ ސްކޫލުގެ ތިރީގައި މިދަންނަވާ ބައުތަކެތީގެ ނީލަން ކިޔުން 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މަޑަވެލި ސްކޫލުގެ ގޯތިތެރޭގައި އޮންނާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.

ނީލަންކިޔާ ތަކެތި

ތަކެތީގެ އަދަދު

ތަކެތީގެ ހާލަތު

ލަކުޑި ޑެސްކް (ސެކަންޑަރީ ޑެސްކް)

68

ހަލާކުވެފައި

 

ނީލަމުގައި ބައިވެރިވުމަށް ހާޟިރުވާންޖެހޭ ތަނާއި ތާރީޚް

މަޑަވެލީ ސްކޫލް ،25 ސެޕްޓެމްބަރ 2025، ހެނދުނު 10:00

ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު:

ދުވަހު ނީލަމުގައި

ނީލަން ކާމިޔާބުކުރާ ފަރާތް

ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ފުރަތަމަ ނީލަމުން ތަކެތި ކާމިޔާބުކޮށް އެތަކެތި ނުގެންދިޔަ ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ވެސް ދެންނެވީމެވެ.

 

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަމްބަރ

7983090

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު:

  • ނީލަންކިޔާ ތަކެތި ބައިބަޔަށް (ލޮޓް) ބެހުމަށްފަހު ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައިވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ނީލަން ނަންބަރ ފެންނާނެހެން ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
  • ނީލަން ކުރިޔަށް ގެންދާނީ މަދުވެގެން 3 ބައިވެރީންގެ ހާޒިރުގައެވެ. 3 ބައިވެރީން ހާޟިރު ނުވާނަމަ ދެވަނަ ފަހަރަށް އިޢުލާންކޮށް 02 ނުވަތަ 01 ބައިވެރިންގެ ހާޟިރުގައި ކަޑައަޅާފައިވާ ގަޑީގައި ނީލަން ކުރިޔަށް ގެންދެވޭނެއެވެ. ދެވަނަ ފަހަރަށް މުދާ ނީލަންކިޔުމަށް އިޢުލާން ކުރުމުން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިނުވެއްޖެނަމަ  އެމުދާ ނީލަންކިޔުމުގެ އުޞޫލުގެ 09 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނައްތައިލެވޭނެއެވެ.

                      ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުމަށް، މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން ދެއްވުންއެދެމެވެ.  ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަސްތެރޭގައި ނީލަމުން ނެންގެވި ތަކެތި ނީލަންކިޔާ ސަރަޙައްދުން ގެންދަވަންވާނެއެވެ.

18 ސެޕްޓެންބަރު 2025