ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E3/30/2015/25
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:32
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޯބައިލް ވެޓެރިނަރީ ސާރވިސްއާ ބެހޭ

މޯބައިލް ވެޓެރިނަރީ ސާރވިސްއާ ބެހޭ

މި މިނިސްޓްރީން މިހާރުވެސް ފޯރުކޮށްދެއްވަމުންދާ މޯބައިލް ވެޓެރިނަރީ ސާރވިސްގެ ޚިދުމަތް މީގެ ފަހުން ދެމުންގެންދާނީ އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށެވެ. މި ޚިދުމަތް ބޭނުންވާ ފަރާތްތަކުން މި މިނިސްޓްރީގެ މޯބައިލް ވެޓެރިނަރީ ސާރވިސް ފޯމު ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުމުން ޚިދުމަތް ހޯދަން އަންނަ ތަރުތީބުން އެޕޮއިންޓްމަންޓް ހަދައި ފަރުވާދިނުމުގެ ޚިދުމަތް ދެމުން ގެންދާނެއެވެ. އަދި މި ޚިދުމަތް ލިބިވަޑައިގަންނަވާ ފަރާތްތަކުން ފަރުވާދިނުމަށް ބޭނުންވާ ބޭހާއި ސިރިންޖް ފަދަ ތަކެތީގެ ޚަރަދާއި ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސަވައިދެއްވަން ޖެހިވަޑައިގަންނަވާނެއެވެ. މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑިތައް ފިޔަވައި އެހެނިހެން ގަޑިތަކުގައި މި މިނިސްޓްރީން މި ޚިދުމަތް ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިކަމާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށާއި އަދި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް މި މިނިސްޓްރީގެ ނަންބަރު 3339220، 3339229 އަދި 3322625 އާ ގުޅުއްވުން އެދެމެވެ.

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015