ދިވެހިރާއްޖެ
މިކޯޓްގައި ބޭނުންކުރަމުންދާ 02 (ދޭއް) އެއަރކަންޑިޝަން އަމިއްލަ ތަކެތީގައި ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިކޯޓްގެ ނަންބަރު F1C/2025/03 (21 އޯގަސްޓް 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 10:00އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.