ބީލަން
ނަންބަރު: (IUL)310-ESMS/310/2025/38
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 28 ސެޕްޓެންބަރު 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބިދޭސީ މަސައްކަތު މީހުން ބެހެއްޓުމަށް ތަނެއް ކުއްޔަށް ހިފުމަށް

މި އިދާރާގެ ބިދޭސީ މަސައްކަތު މީހުން ބޭތިއްބުމަށް 2 ކޮޓަރީގެ ތަނެއް 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ގަޑި

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

24 ސެޕްޓެމްބަރ 2025

11:00

ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

24 ސެޕްޓެމްބަރ 2025

14:00

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން

28 ސެޕްޓެމްބަރ 2025

11:00

 

އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

               

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

17 ސެޕްޓެންބަރު 2025