ދިވެހިރާއްޖެ
މި އިދާރާގެ ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ކުރާ، އަދި ކައުންސިލަށް ރައްދުވާ މައްސލަތައް ދިރާސާކޮށް، ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ކައުންސިލް ތަމްސީލުކޮށްދޭނެ ފަރާތެއް، ކޮންޓްރެކްޓް އުޞޫލުން މީލާދީ ގޮތުން 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ މެއިލް، [email protected] އަށް މި މަސައްކަތަށް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަނަން/މަޤާމް/ހައިސިއްޔަތު/ގުޅޭނެ ނަންބަރު) ފޮނުވަންޖެހޭނެއެވެ. ރަޖިސްޓްރީވުމަށް މެއިލް ނުކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅޭނެއެވެ. މި މަސައްކަތްކޮށްދިނުމަށް އެދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި މި މަސައްކަތްކޮށްދިނުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތުތަކާއި ޕްރޮޕޯސަލްތަކަށް މާކްސް ދެވޭނެ ބައިތަކާއި މިންގަނޑުތައް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާ މަޢުލޫމާތު ޝީޓުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މި ކައުންސިލްގެ މެއިލް [email protected] އަށް 2025 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 ސެޕްޓެންބަރު 22 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބުތައް ފޮނުވޭނެއެވެ.
މި މަސައްކަތަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2025 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.