މަސައްކަތް
ނަންބަރު: (IUL)446/88/2025/4
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 02 އޮކްޓޫބަރު 2025 10:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައިވާ ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކަށް ބޭނުންވާ މޫރިންގ ޖަހާ މެޝިނަރީސް ސަޕްލައިކުރުން (2 ވަނަ އިޢުލާން)

ބީލަން ހުށަހެޅުމުގެ ދަޢުވަތު (2 ވަނަ އިޢުލާން)

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައިވާ ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކަށް ބޭނުންވާ މޫރިންގ ޖަހާ މެޝިނަރީސް ސަޕްލައިކުރުން

މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައިވާ ހިމާޔަތްކޮށްފައިވަ ސަރަހައްދުތަކަށް ބޭނުންވާ މޫރިންގ ޖަހާ މެޝިނަރީސް (13 ހޯސްޕަވަރގެ ހައިޑްރޯލިކް ޕަވަރ ޔުނިޓަކާއި، ހައިޑްރޯލިކް ބްރޭކަރ އަދި ހައިޑްރޯލިކް ހޯސް) ސަޕްލައިކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ (ޓާރމްސް އޮފް ރެފަރެންސް/ މައުލޫމާތު ޝީޓު) ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.

މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް / މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެހަށް ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އީމެއިލްކުރުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހަޅުއްވާއިރު، ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުން އެދެމެވެ.

ކުންފުނީގެ ނަން

ކުންފުނި ތަމްސީލު ކުރައްވާ ފަރާތުގެ ނަމާއި އެޑްރެސް

ކުންފުނީގެ ރަޖިސްޓްރީ ނަމްބަރު

ކުންފުނީގެ އީ-މެއިލް އެޑްރެސް

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 2025 އޮކްޓޯބަރ 02 ވާ ބުރާސްފަތި ދުވަހު 10:00 ގެ ކުރިން ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 2025 އޮކްޓޯބަރ 02 ވާ ބުރާސްފަތި ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 2025 ސެޕްޓެމްބަރ 25 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:[email protected]

ކޮޕީ:[email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

“Do not Open Before 02nd October 2025 at 1005hrs – Procuring Hanifaru Mooring Machineries – (IUL)446/88/2025/4” and the submitting party’s name and address

 

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީސް

ބ.އަތޮޅު އަތޮޅުގެ

ޔޫސުފްކަލޭފާނު މަގު ، ބ.އޭދަފުށި ، ދިވެހިރާއްޖެ.

އީމެއިލް:[email protected]  / [email protected]


 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިއޮފީހަށް ލިބިގެންވެއެވެ.

17 ސެޕްޓެންބަރު 2025