ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)88-ASPIRE/1/2025/18
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 01 އޮކްޓޫބަރު 2025 13:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ސޭފް ސަޕްލައިކޮށްދޭނެ ފަރާތެއް

ދިވެހި ސަރުކާރުގެ ފަރާތުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ އިން ކުރިއަށްގެންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ބޭނުމަށް ސޭފް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި (IUL)88-ASPIRE/1/2025/15 އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، މި މަސައްކަތަށް އަގު ހުށަހެޅުއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ނަމަ 2025 ސެޕްޓެމްބަރ 23 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ބީލަން ހުށަހެޅުން

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 1 ވާ ބުދަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ޕީ.އެމް.ޔޫ މީޓިންގް ރޫމްގައި (ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ) މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ޕްރޮޖެކްޓް މެނޭޖަރ

އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ޕްރައިވޭޓް އިންވެސްމެންޓް އިން ރިނިއުއަބަލް އެނަރޖީ (އެސްޕަޔަރ)

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާ

ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3019219

17 ސެޕްޓެންބަރު 2025