ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-ES1/1/2015/306
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 29 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދޯނި ކެޕްޓަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ލާމު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ބެލެހެއްޓުމަށްޓަކައި ރެޒިޑެންޓް އިންޖިނިއަރެއް ބޭނުންވެއެވެ. މިގޮތުން ރެޒިޑެންޓް އިންޖިނިއަރެއެއްގެ މަޤާމަށް މީހަކު ހޯދުމަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މަޤާމުގެ މަސައްކަތްތަކާއި، މި މަޤާމަށް ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ޝަރުޠުތައް ބަޔާންކޮށްފައިވާ "ޓަރމްސް އޮފް ރިފަރެންސް" (ޓީ. އޯ. އާރ) ތިރީގައިވާ އެޑްރެސް އަދި މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ލިބެންހުންނާނެއެވެ.

ވީމާ، މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 29 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004300

ފެކްސް: 3004301

އީ-މެއިލް: [email protected]

28 ޛުލްޙިއްޖާ 1436

12 އޮކްޓޫބަރު 2015