ބީލަން
ނަންބަރު: (IUL)343-AS/343/2025/37
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 30 ސެޕްޓެންބަރު 2025 11:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއި އެއްގޮތަށް އއ. ބޮޑުފޮޅުދޫ ބޯޅަދަނޑު އުތުރުފަރާތު ފެންސް ކޮމިޔުނިޓީ ފިޓްނެސް ސެންޓަރާ ދިމާލުން އުސްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:-

 

މިއިދާރާގެ ނަމްބަރ (IUL)343/343/2025/36 (08 ސެޕްޓެމްބަރ 2025) ގައި ކޮށްފައިވާ އިޢުލާނުގައި ލިއުމުގައި މައްސަލަތަކެއް ހުރުމާއެކު، އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

މިއިއުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓްތަކާއި އެއްގޮތަށް، އއ. ބޮޑުފޮޅުދޫ ބޯޅަދަނޑު އުތުރުފަރާތު ފެންސް ކޮމިޔުނިޓީ ފިޓްނެސް ސެންޓަރ ދިމާލުން އުސްކުރުމުގެ މަޝްރޫޢުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރުވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ 11:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށައެޅޭ އަންދާސީހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.

ވީމާ، މިކަން އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ.

17 ސެޕްޓެމްބަރ 2025

17 ސެޕްޓެންބަރު 2025