ބީލަން
ނަންބަރު: (IUL)316/316/2025/100
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:15
ސުންގަޑި: 28 ސެޕްޓެންބަރު 2025 14:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫގެ ދެކުނު ފަރާތުގައި ހަދާ ފާލަމުގައި ކުރަންހުރި ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ބ.ކިހާދޫގެ ދެކުނު ފަރާތުގައި ހަދާ ފާލަމުގައި ކުރަންހުރި ބައެއް މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 28 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރިހަމަކޮށް މި އިދާރާގެ އީމެއިލް:[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.

 

 މަޢުލޫމާތު ސާފުކުރުން:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2025 ސެޕްޓެމްބަރ 29 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި، ކިހާދޫ ކައުންސިލްގެ އިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

 

 

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޯބަރ 02 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކިހާދޫ ކައުންސިލްގެ އިދާރާގައެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އީމެއިލް އެޑްރެހަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ސެޕްޓެންބަރު 2025