ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-ECS/1/2015/106
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 30 ނޮވެންބަރު 2015 14:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކާގުޅޭ

އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުތަކާގުޅޭ

އަހަރީ ފީ ނުދައްކާ ކަމަށް މި އޮތޯރިޓީގެ ރެކޯޑްތަކުން ދައްކާ އެއްގަމު އުޅަނދާއި ކަނޑުއުޅަނދުތަކުގެ ތެރޭގައި، ހަލާކުވެ ނައްތާލެވިފައިވާ އުޅަނދުތަކާއި، ތަފާތު ސަބަބުތަކާހުރެ ރަޖިސްޓަރީ ބާޠިލުވެ، ބޭނުންނުކުރާ އުޅަނދުފަހަރު ހިމެނުމަކީ އެކަށީގެންވާ ކަމެއްކަމުގައިވާތީ، މިފަދަ އުޅަނދުފަހަރާ ގުޅޭގޮތުން ނުދައްކައިވާ ކަމަށް ރެކޯޑު ކުރެވިފައިވާ ފައިސާއާމެދު ލުއިގޮތެއް ހަމަޖައްސައި، މިފަދަ ރެކޯޑުތައް ސާފުކުރުމަށް މި އޮތޯރިޓީން ބޭނުންވެއެވެ.

ވީމާ، މިފަދަ އުޅަނދުތަކުގެ މަޢުލޫމާތު 30 ނޮވެންބަރު 2015 ގެ ކުރިން މި އޮތޯރިޓީއާ ހިއްސާކުރެއްވުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ.

27 ޛުލްޙިއްޖާ 1436

11 އޮކްޓޫބަރު 2015