ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AD/426/2025/538
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 30 ސެޕްޓެންބަރު 2025 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 އާއި ގުޅޭ

އިޢުލާން

 

އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 އާއި ގުޅޭ

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބެޑްމިންޓަން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

" އައްޑޫ ބެޑްމިންޓަން ފިއެސްޓަރ 2025 " ގެ ނަމުގައި ބެޑްމިންޓަން މުބާރާތް 2025 އޮކްޓޯބަރު 16 ގައި އައްޑޫ ހިތަދު ޔޫތް ސެންޓަރުގެ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ އޮޕެންސް އިވެންޓް އަދި ޓީމް އިވެންޓަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު 2025 ސެޕްޓެމްބަރު 17 ވާ ބުދަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރު 30 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމުގައި އާންމުކޮށް އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި މި އިދާރާގެ ސޯޝަލް އެފެއާސްގެ ވައިބަރ ނަންބަރު 7925003 އަށް ވައިބަރ ކުރެއްވުން އެދެމެވެ.

24 ރަބީޢުލްއައްވަލު 1447

16 ސެޕްޓެމްބަރު  2025

16 ސެޕްޓެންބަރު 2025