ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މިކައުންސިލްގެ ބޭނުމަށް ލޯންޗެއް (23 މީހުންގެ ޖާގައަށްވުރެ ބޮޑު) ހޯދުމަށް އިދާރާއިން ކޮށްފައިވާ ނަންބަރު (IUL)403-A/403/2025/123 (03 ސެޕްޓެންބަރު 2025) އިޢުލާނާ ގުޅިގެން ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ އަދަދަށް ރަޖިސްޓްރީވެފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާނު ކުރަމެވެ. ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 7 އިން 11 އަށް އއ. އަތޮޅަށެވެ. ޕްރޮޖެކްޓާއިގުޅޭ ބީލަން ޑޮކިއުމަންޓްތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
* ދަތުރު ކުރުމަށް ހަމަޖެހިފައިވާގޮތް:
- 7 އޮކްޓޯބަރު - މާމެންދޫ އިން ބޮޑުފޮޅުދޫއަށް
- 9 އޮކްޓޯބަރު – ބޮޑުފޮޅުދޫ އިން މަތިވެރި އަށް
- 11 އޮކްޓޯބަރު – މަތިވެރި އިން މާމެންދޫއަށް
ތަފްޞީލް |
ދުވަސް |
ތަން |
|
ބީލަމުގައި ރަޖިސްޓްރީވުން |
21 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމައަށް |
ލ.މާމެންދޫ ކައުންސިލް އިދާރާ |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. |
||
ބީލަން ހުށަހެޅުން |
23 ސެޕްޓެމްބަރ 2025 (އަންގާރަ) |
12:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާ |
މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ވެބްސައިޓް އަދި ފޭސްބުކް ޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް
ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ.
މިބީލަން ފޮތް، 2025 ސެޕްޓެމްބަރ 17 ވާ ބުދަ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 22 ވާ ހޯމަ ދުވަހުގެ 10:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
24 ރަބީޢުލްއައްވަލް 1447