ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-MSID/INDIV/2025/09
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 21 ސެޕްޓެންބަރު 2025 13:30
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާއްމު ފަރާތްތަކުގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު

          މިއިދާރާއިން އެކުލަވާލާފައިވާ " އެކިއެކި ފަރާތްތަކުން ހިންގާ ޙަރަކާތްތަކާއި ގުޅިގެން، ދިވެހި ޤައުމީ ދިދަ ފިޔަވައި، އެހެނިހެން ދިދައާއި ޕޯސްޓަރ އަދި ބެނަރ، ކެންވަސް، ބިލްބޯރޑް ކުރެންދޫގެ އެކި ސަރަހައްދުގައި ހަރުކުރުމުގެ ޤަވާޢިދު" ގެ ދެލިކޮޕީއަށް ޢާއްމު ފަރާތްތަކުންނާއި، ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން އަދި އެހެނިހެން ފަރާތްތަކުން ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

              ވީމާ، އެ ޤަވާޢިދުގެ ދެލިކޮޕީއަށް، އެއްވެސް ފަރާތަކުން، އުނިއިތުރެއް ހުށަހަޅުއްވަން އޮތްނަމަ، އެކުނުތާތައް ލިޔުމަކުން ބަޔާންކުރެއްވުމަށްފަހު، 21 ސެޕްޓެމްބަރ 2025ވާ އާދީއްތަ ދުވަހުގެ 13:30ގެ ކުރީން، މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ. އެމުއްދަތު ހަމަވާއިރު، އެއްވެސް ނުކުތާއެއް ފާހަގަކުރައްވާފައި ނުވާނަމަ، ޤަވާޢިދު ގެޒެޓްކުރުމުގެ މަރްޙަލާ ކުރިއަށް ގެންދާނޭ ވާހަކަ ދެންނެވީމެވެ.

 

          މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

16 ސެޕްޓެންބަރު 2025