ބީލަން
ނަންބަރު: (IUL)14-PR/1/2025/97
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި: 22 ސެޕްޓެންބަރު 2025 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، މޮނިޓަރ އަދި ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

       މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، މޮނިޓަރ އަދި ލެޕްޓޮޕް  ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

       ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 28 ސެޕްޓެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށްއެދި އީމެއިލް ފޮނުވާ ފަރާތްތަކަށް އެކަންޏެވެ.

       ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 22 ސެޕްޓެންބަރު 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ސެޕްޓެންބަރު 2025