މަސައްކަތް
ނަންބަރު: GS-82/2015/21
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި:
22 އޮކްޓޫބަރު 2015 10:00
މާރަންދޫ މަދަރުސާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސްޓާފުންގެ ފާޚާނާއެއް ހެދުމަށް
މިމަދަރުސާގެ އޮފީސް ބަޔާ ގުޅުވައިގެން ސްޓާފުންގެ ފާޚާނާއެއް ހެދުމަށް ވަނީ ބޭނުންވެފައެވެ.
ވީމާ، މިމަސައްކަތް ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މިބައްދަލުވުމަށް ވަޑިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއި، ބަދަލުގައި އަންނަމީހާގެ މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 އޮކްޓޫބަރު 28 ވާ ބުދަ ދުވަހުގެ 11:00އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
15 އޮކްޓޫބަރު 2015