ދިވެހިރާއްޖެ
އިޢުލާން
ދިރާސާ 1 ދޯނީގެ މަރާމާތުތައް ކޮށްދޭނެފަރާތެއް ހޯދުން
ދިރާސާ 1 ދޯނީގައި ކުރަންހުރި މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ޕްރީ-ބިޑް މީޓިންގް 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހު 12:15 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 12:15 އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއިއެކު ހިމަނާލެވިފައިވާ މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ގޮތާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.