ބީލަން
ނަންބަރު: (IUL)38-AB/38/2025/159
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 28 ސެޕްޓެންބަރު 2025 11:30
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންޕިއުޓަރ ސިސްޓަމް އަދި މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

(IUL)38-AB/38/2025/159 :ނަންބަރު

 

އިޢުލާން

ކޮންޕިއުޓަރ ސިސްޓަމް އަދި މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، ކޮންޕިއުޓަރ ސިސްޓަމް އަދި މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 28 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 25 ސެޕްޓެންބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

15 ސެޕްޓެންބަރު 2025