ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BFS/1/2025/77
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 30 ސެޕްޓެންބަރު 2025 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފެށުން

          

 

           ނަންބަރު: (IUL)101-BFS/1/2025/77

އިޢުލާން

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފެށުން

"ޓްރޭޑިއަން" ޕްލެޓްފޯމް ރަސްމީކޮށް ބޭނުންކުރަން ނިންމައި، 16 އޭޕްރިލް 2025 ވީ ބުދަ ދުވަހު ކުރެވުނު އިޢުލާނު ނަންބަރު (IUL)101-BFS/1/2025/21 އަދި 13 މެއި 2025 ވީ އަންގާރަ ދުވަހު ކުރެވުނު (IUL)101-PUM/1/2025/36 އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

އިމްޕޯޓް އަދި އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ، ތިރީގައި ބަޔާންކުރާ ތާވަލުގައި ހިމެނޭ ހުރިހާ ޚިދުމަތްތަކެއް، 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުން ފެށިގެންފޯރުކޮށްދެވޭނީ، ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމް އިން ކަމުގައި އަންގައި އާންމުކޮށް އިޢުލާން ކުރަމެވެ.

21 ސެޕްޓެމްބަރ 2025 އިން ފެށިގެން ހަމައެކަނި ޓްރޭޑިއަން ޕްލެޓްފޯމް އިން ދެވޭނެ ޚިދުމަތްތައް

މި އިޢުލާނަކީ، "ޓްރޭޑިއަން" ޕްލެޓްފޯމުގައި ޝާމިލުވާ، ތިރީގައި ބަޔާންކުރެވިފައިވާ އިދާރާތައް ގުޅިގެން ކުރެވިފައިވާ އިޢުލާނެކެވެ.

1-    ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ("ޓްރޭޑިއަން" ޕްލެޓްފޯމް އޮޕަރޭޓަރ)

2-    މޯލްޑިވްސް ކަސްޓަމްސް ސަރވިސް

3-    މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

4-    މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަން

5-    މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް  

މި އިޢުލާނާ ގުޅިގެން، މަތީގައި ބަޔާންކުރެވުނު ޚިދުމަތްތަކަށް "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް އެދެވޭނީ ހަމައެކަނި "ޓްރޭޑިއަން" ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނާއި ޝިޕިންގ އޭޖެންޓުން އަދި އިމްޕޯރޓަރުންނާއި އެކްސްޕޯރޓަރުންނަށް ކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ.

މި އިޢުލާނާ ގުޅިގެން، އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، "ޓްރޭޑިއަންގެ" ސަޕޯޓް ނަންބަރު 3334001 އަށް ގުޅުއްވުން، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

14 ސެޕްޓެމްބަރ 2025

 

 

14 ސެޕްޓެންބަރު 2025