ބީލަން
ނަންބަރު: GS58/IUL/2025/14
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި:
23 ސެޕްޓެންބަރު 2025 14:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަލަށް އިމާރާތްކޮށްފައިވާ ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.
އަލަށް އިމާރާތްކޮށްފައިވާ ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.
- މި ސްކޫލްގައި އަލަށް އިމާރާތްކޮށްފައިވާ ކްލާސްރޫމް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މިއަދުން (14 ސެޕްޓެމްބަރ 2025) ފެށިގެން 22 ސެޕްޓެމްބަރ 2025 ވާ ހޯމަދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ. ރަޖިސްޓްރީ ކުރުމަށްޓަކައި މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތަކަށް، މީބީލަމާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިން އާއި ސައިޓް ބެލުން އޮންނާނީ 23 ސެޕްޓެމްބަރ 2025 ވާ އަންގާރަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލްގައެވެ. ޕްރީބިޑް މީޓިންގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ.
- ބީލަމުގައި ރަޖިސްޓްރީ ކުރުމުން މިއިޢުލާނާއި ގުޅޭ ބިޑް ފޮތް އީމެއިލް މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބިޑް ހުށަހަޅުއްވަންވާނީ ބީލަންފޮތުގައިވާ މަޢުލޫމާތު ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ސެޕްޓެމްބަރ 2025 ވާ ހޯމަދުވަހުގެ 14:00 ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2025 ވާ އަންގާރަދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނާ ރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
އައްޑޫ ހައި ސްކޫލް
ހިތަދޫ،އައްޑޫ
ފޯން: 6885796
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
22 ރަބީއަލްއައްވާލް 1447
14 ސެޕްޓެމްބަރ 2025
14 ސެޕްޓެންބަރު 2025