ބީލަން
ނަންބަރު: (IUL)285/285/2025/73
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 18 ސެޕްޓެންބަރު 2025 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ މަސްޖިދުލް އައްވާބީގައި މުންނާރު ހެދުމާއި ގުޅޭ

އިޢުލާން

ހެނބަދޫ މަސްޖިދުލް އައްވާބީގައި މުންނާރު ހެދުމާއި ގުޅޭ   

       ހެނބަދޫ މަސްޖިދުލް އައްވާބީގައި މުންނާރުހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، އެކަމަށްއެދި ހުށަހެޅުންވުން އެދެމެވެ. މުންނާރުހެދުމުގެ މަސައްކަތްކުރުމަށް އެދި ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014 ) ދެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

14 ސެޕްޓެމްބަރ 2025 ން 18 ސެޕްޓެމްބަރ 2025 ގެ 13:00 ގެ ނިޔަލަށް

މަޢުލޫމާތު ސާފުކުރުން

21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:30 ގައި

ބީލަން ހުށަހެޅުން

25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު 13:30 ގައި

                    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                                22 ރަބީޢުލްއައްވަލް 1447

14 ސެޕްޓެންބަރު 2025