ބީލަން
ނަންބަރު: (IUL)22-PU/22/2025/233
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 18 ސެޕްޓެންބަރު 2025 14:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޝަހީދު ޢަލީ ސްކޫލަށް ބޭނުންވާ ސާވަރ، ބެކަޕް އަދި ޔޫ.ޕީއެސް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޝަހީދު ޢަލީ ސްކޫލަށް ބޭނުންވާ ސާވަރ، ބެކަޕް އަދި ޔޫ.ޕީއެސް ހޯދުން:

1. ޝަހީދު ޢަލީ ސްކޫލަށް ބޭނުންވާ ސާވަރ، ބެކަޕް އަދި ޔޫ.ޕީއެސް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި ބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2025 ސެޕްޓެންބަރު 14 ން 2025 ސެޕްޓެންބަރު 18 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެންބަރު 23ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

5. ބީލަން ހުޅުވުން އޮންނާނީ 2025 ސެޕްޓެންބަރު 23 ވަނަ ދުވަހުގެ 11:30 ގައި (ވެލާނާގެ 09 ވަނަ ފަންގިފިލާ) މީޓިންގ ރޫމް 03 ގައެވެ.

6. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.moe.gov.mv  އިން 2025 ސެޕްޓެންބަރު 14 ވަނަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

7. މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:     3041242 / 3041249

އީ-މެއިލް: [email protected]

ކޮޕީ-މެއިލް:  [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: forms.moe.gov.mv

14 ސެޕްޓެންބަރު 2025