މަސައްކަތް
ނަންބަރު: MWSC-61/ADV/2015/146
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:45
ސުންގަޑި: 22 އޮކްޓޫބަރު 2015 15:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރ.ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސައިޓް ފޭސް 1 ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

ރ.ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސައިޓް ފޭސް 1 ހަދައިދޭނެ ފަރާތެއް ހޯދުން- ރިޓެންޑަރ

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު: MWSC-61/ADV/2015/086 އަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިކުންފުނީގެ ފަރާތުން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔު.އެސް.ސީ ރ.ދުވާފަރު ވޭސްޓް މެނޭޖްމަންޓް ސައިޓް ފޭސް 1 ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/300ރ އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 18 އޮކްޓޫބަރު 2015 އިން 22 އޮކްޓޫބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 26 އޮކްޓޫބަރު 2015 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2015 ވާ ދުވަހުގެ 11:20 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 02 ނޮވެންބަރު 2015 ވާ ދުވަހުގެ 11:20 އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ.

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

15 އޮކްޓޫބަރު 2015