ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2025/530
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 18:26
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ބޮނޑޮގޭ އާރޓް ގެލެރީ ހުޅުވުމަށް ބޭނުންވާ ކުރެހުން ފޯރުކޮށް ދިނުމުގެ ދަޢުވަތު

އިޢުލާން

 

ބޮނޑޮގޭ އާރޓް ގެލެރީ ހުޅުވުމަށް ބޭނުންވާ ކުރެހުން ފޯރުކޮށް ދިނުމުގެ ދަޢުވަތު

އައްޑޫ ސިޓީގެ މަރަދޫގައި ހުރި ތާރީޚީ "ބޮނޑޮގޭ" އިމާރާތުގައި އައްޑޫ ސިޓީ ކައުންސިލުން ޤާއިމުކުރަން ނިންމާފައިވާ އާޓް ގެލެރީއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް، ދިވެހިރާއްޖޭގެ ހުނަރުވެރި ކުރެހުންތެރިންނަށް މި ފުރުޞަތު ހުޅުވާލަމެވެ. މި ގެލެރީއަށް ހުށަހަޅާ ކުރެހުންތަކުގެ މައިގަނޑު ޝިޢާރަކަށް ވާންވާނީ "އައްޑޫގެ ތާރީޚާއި ސަގާފަތް އަދި ގަދީމީ މަސައްކަތްތެރިކަމާއި އިޤްތިޞާދު" އެވެ.

ބޮނޑޮގެއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1941 ވަނަ އަހަރު، އައްޑޫގައި ތިބި އިނގިރޭސި ސިފައިންގެ ބޭނުމަށް އިމާރާތްކުރެވުނު ތާރީޚީ ބިނާއެކެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ އެންމެ ފުރިހަމަ ތާރީޚީ އިމާރާތެވެ. އައްޑޫ ސިޓީ ކައުންސިލުން މި އިމާރާތުގައި އާޓް ގެލެރީއެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ އެންމެހައި ވަސީލަތްތައް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫޢުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ކުރެހުންތެރިންގެ އުފެއްދުންތައް ހިމަނައިގެން މި މަސައްކަތް ފުރިހަމަކުރުމަކީ އައްޑޫ ސިޓީ ކައުންސިލުގެ އެދުމެކެވެ.

ވުމާއެކު، މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އައްޑޫ ސިޓީ ކައުންސިލާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ކައުންސިލް އެގްޒެކެޓިވް، ނޫރާ ޖަލީލް އަށެވެ. ފޯނު ނަންބަރު: 9900533

19 ރަބިޢުލްއައްވަލު 1447

11 ސެޕްޓެމްބަރ 2025

11 ސެޕްޓެންބަރު 2025