ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 5TENDER/AS/2015/025
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 20 އޮކްޓޫބަރު 2015 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ. އާ ގުޅޭ ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި ކުންފުންޏަށް އައި.ޓީ. އާ ގުޅޭ ހާރޑްވެއަރ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 20 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮކްޓޫބަރު 27 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.

11 އޮކްޓޫބަރު 2015