ދިވެހިރާއްޖެ
އިޢުލާން
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުމަށް SAN Storage އެއް ގަތުމަށް ކޮށްފައިވާ އިޢުލާން ނަންބަރު IUL)164/1/2015/99) އަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 އޮކްޓޫބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:30 އަށް، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިމާރާތަށް (64 ނަންބަރު ކޮށި، ކަލާފާނު ހިނގުން) ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް، މި ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމާގުޅޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މިއޮފީހުގެ ވެބްސައިޓް، www.ncit.gov.mv ގައި ޝާއިޢުކޮށްފައިވާނެއެވެ.
02 މުޙައްރަމް 1437