ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/345
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 19 އޮކްޓޫބަރު 2015 12:30
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް ގަތުމަށް ބޭނުންވެއްޖެ

ފައިބަރ އޮޕްޓިކް ކޭބަލް ގަތުމަށް ބޭނުންވެއްޖެ

ސްކޫލްތަކަށް ޖެމްސްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފައިބަރ އޮޕްޓިކު ކޭބަލް ގަތުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)22-PU/1/2015/307 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.  

ވީމާ، މި ތަކެތި ވިއްކެއުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

19 އޮކްޓޫބަރު 2015 (ހޯމަ) ދުވަހުގެ 12:30 އަށް

22 ސެޕްޓެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 12:30 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436/3341403 ނަންބަރު ފޯނާއެވެ.

25 ޛުލްޙިއްޖާ 1436

08 އޮކްޓޫބަރު 2015