ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)317-PP/317/2025/85
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:22
މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވުކުރުން ވަގުތީގޮތުން މަނާކުރުން

ދޮންފަނު ބިންހިއްކުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއި ހަވާލުކުރެވިފައިވާ ޕްރޮޖެކްޓުން ބިންހިއްކުމުގެބައި އުނިކޮށް ބިން ނުހިއްކާގޮތަށް ސަރުކާރުން ހަމަޖެއްސުމާއި ގުޅިގެން އެކަމަށް އިޙްތިޖާޖު ކުރުމުގެ ގޮތުން މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށްގެންދާ މުޒާހާރާތަކުގެ ތެރެއިން ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު  ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށްއޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ވަނީ ނިންމާފައެވެ.

ވީމާ، މުޒާހަރާ ކުރިއަށްދާ ވަގުތު ތަކުގައި މަތީގައި ބަޔާންކޮށްފައިވާ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ދެކޭތީއާއި ނުރައްކަލެއް ކުރިމަތިވެދާނެފަދަ ހާދިސާއެއް ހިނގުމަށް ފުރުސަތު އޮތްކަމެއްކަމަށް މިކައުންސިލަށް ފެންނާތީ މިކައުންސިލުން ވަކިގޮތެއް ކަނޑައަޅާ އަންގަންދެން މިއަދުންފެށިގެން މިރަށުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި އެއްވެސްފަރާތަކުން ފީނުމާއި އަދި ޑައިވުކުރުމަކީ މަނާކަމެކެވެ.  މަތީގައި ދެންނެވިފައިވާ އެންގުމާއި ހިލާފުވާފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުންދާނެވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ. 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                      

11 ސެޕްޓެންބަރު 2025