ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)457-AIT/1/2015/22
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 21 އޮކްޓޫބަރު 2015 11:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެންޓަރޕްރައިޒް ސަރވަރ މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ

އެންޓަރޕްރައިޒް ސަރވަރ މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ:  

މި ބިއުރޯއަށް އެންޓަރޕްރައިޒް ސަރވަރ މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (IUL)457-AIT/1/2015/13 އާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 އޮކްޓޫބަރު 21 ވާ ބުދަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397،3349404 3349405 ފޯނާ ގުޅުއްވުން އެދެމެވެ.

29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015