| 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 އޮޑިޓަރ ޖެނެރަލްގެ އޮފީސް 
 | 
| 
 ޑިޕާޓްމަންޓް 
 | 
އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ | 
| 
 އަސާސީ މުސާރަ 
 | 
 -/15,500ރ. 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 ސަރވިސް އެލަވަންސް (ފިކްސްޑް): -/3,300ރ. 
ސަރވިސް އެލަވަންސް:206/67ރ. (ދުވާލަކަށް) 
 | 
| 
 ލިވިންގ އެލަވަންސް 
 | 
 -/3,500ރ. 
 | 
| 
 ސްޕެޝަލް އެލަވަންސް 
 | 
 -/2000ރ. 
 | 
| 
 ޕްރޮފެޝަނަލް އެލަވަންސް 
 | 
 މާސްޓާސް ހާސިލްކޮށްފައިވާނަމަ -/2,000ރ. 
ޑިގްރީ ހާސިލްކޮށްފައިވާނަމަ -/1,000ރ. 
 | 
| 
 އަސާސީ ޝަރުތު 
 | 
- މަސައްކަތުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
 
- މަސައްކަތުގެ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަސައްކަތުގެެ ދާއިރާއިން 9 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
- އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
 
  | 
| 
 އެހެނިހެން ޝަރުތު 
 | 
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލާއި އެއްގޮތަށް ޢަމަލުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
 
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އަދި ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑްގެ މެމްބަރެއްކަމުގައި ނުވުން. 
 
- ދައުލަތް ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
 
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
 
  | 
| 
 މަގާމުގެ މަސްއޫލިއްޔަތު 
 | 
- އޮޑިޓަރ ޖެނެރަލް އޮފީހުގެ މެންޑޭޓް ހާސިލްކުރުމަށް އެކުލަވާލަންޖެހޭ އައިޓީ ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކުރުން.
 
- އައިޓީއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މެނޭޖްމަންޓަށް ފަންނީ އަދި ސްޓްރެޓެޖިކް ލަފާދިނުން.
 
- ހަރުދަނާ ކޮމްޕްލަޔަންޓް އައިޓީ މާހައުލެއް ޤާއިމްކުރުމަށްޓަކައި، އައިޓީ ދާއިރާއާއި ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާއި، ސައިބަރ ސެކިއުރިޓީ ރިސްކްތަކަށް ހޭލުންތެރިވުން.
 
- އޮޕަރޭޝަނަލް އެފިޝިއެންސީ އިތުރުކުރުމަށްޓަކައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނޭ ކަންކަން ދެނެގަނެ، ސްކޭލެބަލް ސޮލިއުޝަންތައް އުފެއްދުމަށް އިސްވެރިންނާ ގުޅިގެން މަސައްކަތް ކުރުން.
 
- އައިޓީ ޑިޕާޓްމަންޓުގެ މުވައްޒަފުން ލީޑްކުރުމާއި، މަސައްކަތް އިތުރަށް ރަނގަޅުކުރުމަށް ހިތްވަރުދޭ ސަޤާފަތެއް ޤާއިމްކުރުމާއި، މުވައްޒަފުންނަށް ބޭނުންވާ ޓްރެއިންނިންތަކާއި ތަމްރީނުތައް ދެނެގަތުން.
 
- ސެކިއުރިޓީ، ޑޭޓާ ޕްރައިވެސީ އަދި ޑޭޓާ ޔޫސެޖް ހިމެނޭ ސްޓޭންޑަޑް އައިޓީ ޕޮލިސީތަކާއި ޕްރޮސީޖާތައް އެކުލަވާލައި، މުރާޖައާކުރުން.
 
- އިންފޮމޭޝަން، ކޮމިނިއުކޭޝަން އެންޑް ޓެކްނޮލޮޖީގެ އެންމެހާ ކަންތައްތައް ހުރީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން.
 
- އިންފޮމޭޝަން އެންޑް ކޮމިނިއުކޭޝަން ޓެކްނޮލޮޖީއާ ގުޅިގެން ބޭރުގެ ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތްތައް ކުރުން.
 
- ސެކިއުރިޓީ ފްރޭމްވޯރކްތައް ފަރުމާކޮށް ތަންފީޒުކުރުމާއި ސައިބަރ ސެކިއުރިޓީގެ އެންމެހާ ކަންކަން ބެލެހެއްޓުން.
 
- އޮފީހުގެ ޑޭޓާ އާއި އިންފްރާސްޓްރަކްޗާގެ ސަލާމަތާއި ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އައިޓީ ރިސްކުތައް ކުޑަކުރުމުގެ މަސައްކަތްކުރުން.
 
- ޑިޒާސްޓަރ ރިކަވަރީ ޕްލޭނެއް އަދި ބިޒްނަސް ކޮންޓިނިއުއިޓީ ޕްލޭނެއް ތައްޔާރުކޮށް ބެލެހެއްޓުން.
 
- އައިޓީގެ ހުރިހާ ފަންކްޝަންތަކާއި ޕްރޮޖެކްޓްތައް ރާވައި ޑިޒައިންކޮށް ހިންގާނެގޮތުގެ އިރުޝާދު ދިނުން.
 
- އޮފީހުގެ ހައިބްރިޑް ކްލައުޑް އިންފްރާސްޓްރަކްޗަރ، ނެޓްވޯކް އަދި އިންޓަރނަލް ސިސްޓަމްތައް ބެލެހެއްޓުން.
 
- ބަރޯސާވެވޭ އަދި ފަސޭހަކަމާއިއެކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ޚިދުމަތް ލިބޭނޭކަން ކަށަވަރުކުން.
 
- އައިޓީ ބަޖެޓް މެނޭޖްކުރުމާއި، ޓެކްނޮލޮޖީއާ ގުޅުންހުރި ވަސީލަތްތަކުގެ ޚަރަދުތައް މެނޭޖްކުރުން.
 
- އޮޑިޓްތަކަށް ބޭނުންވާ ރައްކާތެރި އަދި ހަރުދަނާ އައިޓީ ވަސީލަތްތައް ފޯރުކޮށްދީ އެހީތެރިކަން ދިނުން.
 
-  އޮޑިޓް ކުރުމާއި ރިޕޯޓްކުރުމުގައި އައު ޓެކްނޮލޮޖީތަކާއި ޑޭޓާ އެނަލިޓިކްސް ބޭނުންކުރުމަށް ބާރުއެޅުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
 
- ކަވަރ ލެޓަރ.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ 
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ 
5.ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.) 
6.ވަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު. 
 | 
| 
 އެހެނިހެން 
 | 
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބްޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
 
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
 
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު،
 
- ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
 
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
 
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
 
  | 
| 
 އެޕްލިކޭޝަން ފުރިހަމަކުރަންވީ ތާރީޚާއި ގަޑި 
 | 
 21 ސެޕްޓެންބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.  
https://www.audit.gov.mv/vacancies 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200، 3348273 ނަންބަރު ފޯނަށެވެ 
 |