ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2025/74
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 25 ސެޕްޓެންބަރު 2025 13:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާ ކާށިދޫގެ ޓީމަށް ކުޅުންތެރިން ހޯދުން

 ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން 2026 ވަނަ އަހަރު ބާއްވާ "ގޯލްޑަން ފުޓްސަލް ޗެލެންޖް 2026" ފުޓްސަލް މުބާރާތުގައި ކާށިދޫ ކައުންސިލްގެ ފަރާތުން " ކާށިދޫ" ތަމްސީލު ކުރާނެ ފުޓްސަލް ޓީމެއް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު "ކާށިދޫ ފުޓްސަލް ޓީމަށް" އަށް ކުޅެން ބޭނުންވާ  ޒުވާނުންނަށް  ނަން ނޯޓު ކުރުމުގެ  ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

 ވީމާ، "ކާށިދޫ ފުޓްސަލް ޓީމަށް" އަށް ކުޅެން ޝައުޤުވެރިވާ ކުޅުންތެރިން، ޓީމުގައި ބައިވެރިވާން އެދޭ ފަރާތެއް ކަން ބަޔާންކޮށް 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އައިޑީ ކާޑުގެ ކޮޕީއެއް މިއިދާރާގެ ނަންބަރު 7243556 އަށް ވައިބަރ ކުރެއްވުން އެދެމެވެ. ޓީމަށް ކުޅުމަށް ނަން ނޯޓު ކުރައްވާ ޒުވާނުންގެ ތެރެއިން   ޓީމަށް  ކުޅުންތެރިން  ނަގާނީ  މިފަހަރުގެ މުބާރާތުގައި ކައުންސިލުން ޓީމު ހަވާލުކުރާ ކޯޗުއްގެ  އިރުޝާދުގެ ދަށުން ޓީމުގެ  ކަންކަން ހިންގާ ބެލެހެއްޓުމަށް  ހަވާލު ކުރެވޭ  މެނޭޖްމަންޓުންނެވެ.

09 ސެޕްޓެންބަރު 2025