ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2015/57
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 27 އޮކްޓޫބަރު 2015 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ މީހުން ހޯދުން

އިޢުލާން

2015 ވަނަ އަހަރުގެ އެޗް. އެސް. ސީ. އިމްތިޙާނުގެ އިދާރީ މަސައްކަތްކުރާނެ މީހުން ހޯދުން:

2015 ވަނަ އަހަރުގެ އެޗް. އެސް. ސީ. އިމްތިޙާނުގެ މާކިންގ ހޯލުގައި އިދާރީ މަސައްކަތްކޮށްދޭނެ އެސިސްޓެންޓް އޮފިސަރުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 20 (ވިހި)

އުޖޫރަ: މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 35.00 ރުފިޔާ

މުއްދަތު: 2015 ނޮވެންބަރު 24 އިން 2015 ޑިސެންބަރު 24 ގެ ނިޔަލަށް.

ޝަރުޠު: ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.       

ވީމާ،  މި  މަސައްކަތަށް  ޝައުޤުވެރިވާ  ފަރާތްތަކުން  އެޕްލިކޭޝަން  ފޯމް  ފުރިހަމަކުރުމަށްފަހު  2015  އޮކްޓޫބަރު  27  ވާ  އަންގާރަ  ދުވަހުގެ  14:00  ގެ  ކުރިން  މި  ޑިޕާޓްމަންޓަށް  ހުށަހެޅުން  އެދެމެވެ.

  • އިންޓަވިއު ކުރާނީ، ޝޯޓް ލިސްޓް ކުރުމަށްފަހު، އެންމެ މަތިން މާކްސް ލިބޭ 25 މީހުންނާއެވެ.
  • އެޕްލިކޭޝަން ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

                        29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015