މަޤާމުގެ މަސްއޫލިއްޔަތު:
|
- އިދާރީ މުވައްޒަފުން ޤަވާއިދުން މަސައްކަތްކުރޭތޯ ބަލައި،، ސެންޓަރުގެ ވެރިޔާގެ ލަފާގެމަތިން މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި މަސައްކަތް ކުރުވުން.
- ސެންޓަރުން ތަންތަނަށް ފޮނުވާ ސިޓީތަކާއި ލިޔުންތައް ލިޔެ، ފޮނުވުން.
- ތަކެތި އިންވެންޓްރީކުރުމާއި، އިންވެންޓްރީ ރަނގަޅަށް ބެލެހެއްޓުން.
- ސްޓޮކުން މަދުވާތަކެތި ބަލައި، އޮފީހަށް ބޭނުންވާ ތަކެތި، އޮފީހަށް ދަތިނުވާނޭހެން ހޯދުމާއި، ސްޓޮކް ބެލެހެއްޓުން.
- ކްލާސްރޫމްތަކާއި، އޮފީހުގެ އެތެރެއާއި ބޭރު، ކޮންމެ މަހަކު އެއްފަހަރު މޮނިޓަރކޮށް، ކުރަންޖެހޭ މަރާމާތުތައް ފާހަގަކޮށް، މަރާމާތުގެ އެންމެހައި ކަމެއް ބެލެހެއްޓުން.
- ބީލަމަށްލައިގެން އޮފީހުން ކުރަންޖެހޭ އެންމެހައި ކަމެއް ބެލެހެއްޓުން.
- ކްލާސްރޫމްތަކާއި، ފާޚާނާތަކާއި، އޮފީހުގެ އެހެންތަންތަން ރަނގަޅަށް ސާފުކުރޭތޯ ބަލައި، ކަމާގުޅޭ މުވައްޒަފުންލައްވާ އެކަންކަން ކުރުވުން.
- އޮފީސް ހިންގުމަށް ހޯދަންޖެހޭ ފަރުނީޗަރާއި، އިކްއިޕްމަންޓާއި، މެޝިނަރީފަދަ ތަކެތި ފާހަގަކޮށް، ސެންޓަރުގެ ވެރިޔާގެ ލަފަޔާއެކު އެތަކެތި ހޯދުމުގެ އެންމެހައި މަސައްކަތެއްކުރުން.
- އުކާލާ ތަކެއްޗާއި، ނީލަންކިޔާ ތަކެއްޗާއި، ނައްތާލާ ތަކެތި ފާހަގަކޮށް، އެފަދަ ތަކެތި އޮފީހުގައި ގިނަވެފައި ނުހުންނާނެ ގޮތެއްގެމަތިން، ގަވާއިދާއެއްގޮތަށް ނައްތައިލުން / އިންވެންޓްރީން އުނިކުރުން.
- އިދަރީގޮތުން ދިމާވާ ކަންކަމާއި، ކުއްލިއަކަށް ދިމާވާ ކަންކަން، އޮފީހުގެ ވެރިޔާގެ ލަފާގެމަތިން ޙައްލުކޮށް ނިންމުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ، އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
2 މުޙައްރަމް 1436
|