ދިވެހިރާއްޖެ
އިޢުލާނު
މާލޭ ސިޓީ ކައުންސިލަށް ލީގަލް އެޑްވައިޒް ދިނުމާއި ކޯޓްތަކުގައި ވަކާލާތުކުރާނެ ލޯ ފާރމެއް ހޯދުން:
މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، މާލޭ ސިޓީ ކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލްތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތުކޮށްދޭނެ ލޯ ފާރމެއް ހޯދަން ބޭނުންވެގެން ކުރެވުނު މި އިދާރާގެ ނަންބަރު: IUL)425-A1/1/2015/93)(ތާރީޚު: 1 ސެޕްޓެންބަރު 2015) ގެ އިޢުލާނާ ގުޅިގެން މިކަމަށް ޝައުޤުވެރިކަން ހާމަކޮށްފައިވާ ފަރާތްތަކުން ހުށަހެށި ޕްރޮޕޯސަލްތަކުގައި މުހިންމު ބައެއް ލިޔުންތައް ހިމަނާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
22 އޮކްޓޫބަރު 2015 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ( ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާ އާއިސާރަނި ހިނގުން |
ބުރާސްފަތި |
13:00 |
ޕްރޮޕޯސަލް ހުށަހެޅުއްވުމަށް |
29 އޮކްޓޫބަރު 2015 |
މާލޭ ސިޓީ ކައުންސިލްގެ އިދާރާ ( ކުރީގެ މާފަންނު އަވަށު އޮފީސް) ކަނބާ އާއިސާރަނި ހިނގުން |
ބުރާސްފަތި |
13:00 |
ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.
27 ޛުލްޙިއްޖާ 1436