މަޤާމުގެ މަސްޢޫލިއްޔަތު:
|
- ސެންޓަރުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުމުގެ ކަންތައް ބަލަހައްޓައި، ޗެކްކޮށް، ފައިލްކުރުވުން.
- ސެންޓަރަށް ހޯދަން ބޭނުންވާ ތަކެތި ޤަވާއިދާއި އުޞޫލުތަކާ އެއްގޮތަށް ކުރުވައި/ކުރުން.
- ކޮންމެ އަހަރެއްގެ ވެސް ބަޖެޓުގައި ހިމަނަންޖެހޭ އައިޓަމްތައް ކަނޑައަޅައި، ކުރިޔަށް އޮންނަ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- އިދާރީ މުވައްޒަފުންނާއި ލައިބްރަރީގެ މުވައްޒަފުންގެ މަސައްކަތް ސުވަޕައިޒްކޮށް ބެލެހެއްޓުން.
- ސްޓޮކް ބާކީ ފޮތް 3 މަހުން އެއްފަހަރު ޗެކްކޮށް ބަލައި، 6 މަހުން އެއްފަހަރު، ސްޓޮކް ބާކީކުރެވިފައިވަނީ ރަނގަޅަށްތޯ ބަލައި، ސްޓޮކް ގުނައި ޗެކްކުރުން.
- ސެންޓަރުގެ އިންވެންޓްރީ ޤަވާއިދުން ބެލެހެއްޓުމުގެ ކަންތައް އިންތިޒާމުކޮށް ޗެކްކޮށް، އިންވެންޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ސެންޓަރުގެ ވެރިޔާ ނެތް ހިނދެއްގައި ޔުނިވާރސިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ސެންޓަރ ހިންގުން ހަވާލުކޮށްފިނަމަ، ސެންޓަރ ހިންގުމުގެ ޒިންމާ ހަވާލުކުރުން.
- އަހަރު ރިޕޯޓް ތައްޔާރުކޮށް މުއްދަތަށް ޔުނިވަރސިޓީއަށް ހުށަހެޅުން.
- ސެންޓަރުގެ ޓްރެއިނިންގ ހިންގުމަށާއި، އިދާރީ ހިންގުމުގެ ޚަރަދު ކޮންޓްރޯލްކުރުމަށް ވެރިޔާގެ އިރުޝާދާއެކު މަސައްކަތްކުރުން.
- މުވައްޒަފުންގެ ތެރޭގައި މަސައްކަތުގެ ރޫޙު އާލާކޮށް، އެންމެންގެ އެއްބާރުލުމާއެކު މަސައްކަތްކުރާނެ މާޙައުލެއް ޤާއިމްކުރުން.
- ސެންޓަރުން ދެވޭ ޚިދުމަތްތައް ހަލުވިކުރުމަށާއި، ފެންވަރު ރަނގަޅުކުރުމަށް އެންމެ އިސްވެރިޔާގެ އިރުޝާދާއެކު އަޅަންޖެހޭ އިޞްލާޙީ ފިޔަވަޅުތައް އެޅުން.
- މެނޭޖްމަންޓް ކޮމިޓީއާއި، އެކަޑަމިކް ރިވިއު ކޮމިޓީ ފަދަ ކޮމެޓީތަކުގައި ބައިވެރިވުމާއި، ސްޓާފް މީޓިންގތަކުގައި ބައިވެރިވުމާއި، އިސްވެރިޔާ ހާޒިރު ނުވެވިއްޖެނަމަ ޖަލްސާތައް ޗެއަރކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
- މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|
2 މުޙައްރަމް 1437
|