ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/1/2015/294
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި: 25 އޮކްޓޫބަރު 2015 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެޗް.އާރް ކޮންސަލްޓެންޓް

އިޢުލާން

މިނިސްޓްރީ އޮފް ހެލްތަށް ކޮންސަލްޓަންޓަކު ހޯދުން

ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް ހަރުދަނާކުރުމުގެގޮތުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް ކުރުމަށް ކޮންސަލްޓެންޓަކު ބޭނުންވެއެވެ.

މަޤާމު: އެޗް. އާރް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު: 1 (އެކެއް)        

މުސާރަ (މަހަކު): -/20000 ރުފިޔާ

މަސައްކަތުގެ ވަގުތު: ދެފަރާތް އެއްބަސްވާގޮތަކަށް

މުއްދަތު: 6 (ހައެއް) މަސްދުވަސް

ފެންވަތު ނުވަތަ ޝަރުޠު: 

- ކުރަންޖެހޭ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

- ކުރަންޖެހޭ މަސައްކަތުގެ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

- ދިރާސާކުރުމުގެ ޤާބިލްކަމާއި މިފަދަ މަސައްކަތް ހިންގުމުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޞިއްޙީ ދާއިރާގެ ފަންނީ ލަފާ ހޯދުން.

- ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ޕްރޮފެޝަނަލް މުވައްޒަފުންގެ އޮނިގަނޑުތައް އެކުލަވައިލުން.

- މެރިޓް އުޞޫލުން ސިވިލް ސަރވިސްއަށް މީހުން ހޯދުމަށް ބޭނުންވާ ސިޔާސަތު އެކުލަވާލައި، ޕޮލިސީ ލެވެލާ ހިއްސާކުރުން.

- ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ޕްރޮފެޝަނަލް މުވައްޒަފުންގެ އޮނިގަނޑުތައް އެކުލަވައިލުމުގައި، ދައުލަތުގެ އެހެން އިދާރާތަކާ މަޝްވަރާކުރަންޖެހޭ ޙާލަތްތަކުގައި އެކަން ކުރުން.

މި މަސައްކަތްކުރާނެ ފަރާތެއް ހޮވުން

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަވިއުތަކާއި، ޤާބިލްކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މި ގޮތުން، މީހުން ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  1. ތަޢުލީމީ ފެންވަރު - %20
  2. މަސައްކަތުގެ ތަޖުރިބާ - %20
  3. ޤާބިލްކަން ހުރި މިންވަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) - %60

ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 އޮކްޓޫބަރު 25 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ސިޓީއަކުން  ހުށަހެޅުން އެދެމެވެ. މި ވަޒީފާއަށްއެދި ހުށަހަޅާއިރު، ލިބިފައިވާ ސެޓްފިކެޓްތަކާއި، އައި.ޑީ ކާޑުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ) ހުށަހެޅުން އެދެމެވެ.

މިކަމާބެހޭގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3014437 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                                    29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015