ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280/INDIV/2025/31
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 25 ސެޕްޓެންބަރު 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ޝަކުވާއެއްވޭތޯ ބެލުން

ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ސަކުވާއެއްވޭތޯ ބެލުން

މިރަށު ސިއްޙީމަރުކަޒުގެ އިރުން ފުޓަސަލް ދަނޑުގެ އުތުރަށް، ކުލީބިން ދޫކުރެވިފައިވާ ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާއި ވެރިފަރާތާމެދު އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް ބޭނުންވެއެވެ.

ވީމާ، އެސަރަހައްދުގައި މިއިދާރާއިން 1 ން 42 ށް ރަތްކުލައިން ކަނޑާ ނަންބަރު ޖަހާ، ރަތްބަންދު އަޅާފައިވާ ރުއްގަހުގައި، އެރުއްގަހުގެ ވެރިފަރާތުގެ ނަމާއި ގޭގެ ނަންބަރު ނުވަތަ ގޭގެ ނަން ޖެއްސެވުމަށްފަހު އެކަން 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިގޮތަށް އަންގަވާއިރު އެތަކެތީގެ ލިސްޓެއް މިއިދާރާއިން ޖަހާފައިވާ ކަނޑާނަންބަރު އިގޭނެގޮތަށް ހުށަހެޅުމަށްވެސް ދަންނަވަމެވެ. އަދި މިރުއްގަހު މައްސަލައާއި ގުޅިގެން އެއްވެސް ފަރާތެއްގެ ސަކުވާއެއްވާނަމަ 23 ސެޕްޓެމްބަރ 2025 ވާ އަންގާރަ  ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް އެކަން ލިޔުމަކުން  އެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި އެތަކެތީގެ ނަންބަރު ޖަހާފައި ނުވާނަމަ އަދި ސަކުވާއެއް ނުވާނަމަ ބެލެވޭނީ އެތަކެތީގެ ވެރިފަރާތް ނުވަތަ ސަކުވާއެއް ނެތީކަމުގައެވެ.

     މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

08 ސެޕްޓެންބަރު 2025