ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމަށްޓަކައި ކުރެވުނު ނަންބަރު: A/IUL/344/2025/28 އިޢުލާނާއި ގުޅިގެން، "އއ.ފެރިދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު 2025"ގެ (3) ވަނަ މާއްދާގެ (ށ)ގެ (3) އަދި (4) ގެ ދަށުން އާންމު ރައްޔިތުންގެ ތެރެއިން 02 މެންބަރުން (01 އަންހެން، 01 ފިރިހެން) އަދި ފެރިދޫ ކްލަބް ޖަމްއިއްޔާތައް ތަމްސީލްކުރާނެ މެންބަރެއް އައްޔަންކުރަންވަނީ ނިންމާފައެވެ.
އެހެންކަމުން، ކޮމެޓީގައި ކްލަބް ޖަމްއިއްޔާތައް ތަމްސީލްކުރާނެ އަދި އާންމު ރައްޔިތުންގެ ފަރާތުން ތަމްސީލުކުރާ 02 މެންބަރުންގެ ގޮތުގައި ހިމެނުމަށް މިރަށުގެ ރައްޔިތުންގެ ތެރެއިން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. ކޮމެޓީގައި ހިމެނުމަށް އެދޭފަރާތްތަކުން (ނަން، އައިޑީ ކާޑު ކޮޕީ، ތައުލީމީ ފެންވަރު ) އެންގޭނެ ގޮތަށް 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިކަމަށް އެންމެ އެކަށީގެންވާ މެންބަރެއް ކަނޑައަޅާނީ ކައުންސިލުންކަމުގައި ދަންނަވަމެވެ.