ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30/A4/1/2015/124
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:04
ސުންގަޑި: 18 އޮކްޓޫބަރު 2015 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު:  ސީނިއަރ އެކައުންޓްސް އޮފިސަރ                                          ބޭނުންވާ އަދަދު: 1

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.  އެސް. 2

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން  

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ އެކައުންޓްތަކުން ކުރާ ޚަރަދުތަކުގެ ވައުޗަރ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ނުވަތަ ފައިސާ ލިބިގަތުމަށް އެދޭ ފަރާތާއި އެކު އެއްބަސްވެފައިވާ  މުއްދަތަށް ޕޯސްޓް ކުރުން، ސިސްޓަމުން ހަދާ  ޕަރޗޭސް އޯޑަރ ރިލީޒް ކުރުން، އަދި އެ ޕަރޗޭސް އޯޑަރ އިން ކުރާ ޚަރަދާއި ބަޖެޓް ކޯޑް އަދި ކޮސްޓް ސެންޓަރ ޗެކްކުރުން.
  • އެސް.އޭ.ޕީ ގައި ބްލޮކް ކޮށްފައިވާ ޑޮކިއުމަންޓްސް ދުވަހުން ދުވަހަށް ޗެކްކޮށް، އެ ޑޮކިއުމަންޓެއް ބްލޮކް ކުރާތާ 3 ދުވަހުގެ ތެރޭގައި ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅު ކުރުމަށްފަހު އަލުން ސިސްޓަމުގައި ޕޯސްޓްކުރެވިފައިވޭތޯ ބަލާ ޔަޤީންކުރުން.
  • މިނިސްޓްރީގެ ޚަރަދު ރިޕޯރޓް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  • ކޮންމެ އަހަރެއްގެ މާލީ ހިސާބު ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިން އަންގަވާ މުއްދަތަކަށް މާލީ ހިސާބު ތައްޔާރުކުރުން.
  • ޚަރަދު ހިސާބުގެ މައްޗަށް ބިނާކޮށް، މިނިސްޓްރީގެ ސެކްޓަރތަކުން ހުށަހަޅުއްވާ ބަޖެޓް ޕްލޭނިންގ ސެކްޝަން އާއި ގުޅިގެން އެކުލަވާލުން.
  • އޮފީހަށް ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމުގެ ކުރިން، އެޚަރަދެއް ކުރުމަށް ބޭނުންވާ އެކައުންޓަކުން އެޚިދުމަތެއް ނުވަތަ ތަކެތި ހޯދުމުގެ ފައިސާ ހުރިކަމުގެ ޔަޤީންކަން ދިނުން. އަދި މިނިސްޓްރީގެ އެކައުންޓަކުން ކުރާ ޚަރަދު އަދި ހޯދޭ ޚިދުމަތްތައް ސިސްޓަމް އިން ބާކީ ކުރުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާތަޢުލީމާއި، ތަމްރީން

- ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރިމިންވަރު.

- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު:  އެކައުންޓްސް އޮފިސަރ                                    ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު -/5610

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.1

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން   

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ   

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން. ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 އެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މިނިސްޓްރީގެ ބަޖެޓް އެކައުންޓުން ކުރާ ޚަރަދުތަކުގެ ވައުޗަރ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ނުވަތަ ފައިސާ ލިބިގަތުމަށް އެދޭ ފަރާތާއެކު އެއްބަސްވެފައިވާ މުއްދަތަށް (ވައުޗަރ ޗެކްކުރުމަށްފަހު މިނިސްޓްރީ އޮފް ފިނޭންސަށް ފޮނުވައިގެން) ފައިސާ ދޫކުރެވޭނޭ ގޮތަށް ތައްޔާރުކުރުން.
  • ކޮންމެ އަހަރެއްގެ މާލީހިސާބު ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް ނިންމުމަށް އެހީތެރިވުމާއި، އެމިނިސްޓްރީން އެދިލައްވާ މާލީހިސާބު ހެދުމުގެ މަޢުލޫމާތު އެމުއްދަތަކަށް ފޯރުކޮށްދިނުމަށް އެހީތެރިވުން.
  • މިނިސްޓްރީގެ އެކި އެކައުންޓްތަކުގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ކޮންމެ މަހެއްގެ 8 ވަނަ ދުވަހުގެ ކުރިން ކުރީމަހުގެ ޚަރަދުރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.
  • މިނިސްޓްރީގެ ލަފާކުރާ ބަޖެޓް ހެދުމުގެ މަސައްކަތް ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް ނުވަތަ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އަންގަވާ މުއްދަތަކަށް ނިންމުމަށް އެހީތެރިވުން.
  • އާމްދަނީގެ ގޮތުގައި މިނިސްޓްރީއަށް ލިބޭ ފައިސާގެ ރިޕޯޓް ކޮންމެ މަހެއްގެ 8 ވަނަ ދުވަހުގެ ކުރިން ތައްޔާރުކުރުން 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- ފައިނޭންޝަލް މެނޭޖްމަންޓުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު

- ސިވިލް ސާރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

މަޤާމު:  ރިސާރޗް އޮފިސަރ                                             ބޭނުންވާ އަދަދު 1

މުސާރަ

މަހަކު -/6295

ސަރވިސް އެލަވަންސް:

މަހަކު -/2000 ރ.

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ދިވެހިރާއްޖޭގެ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒުކުރުން
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙުލީލުކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތްކުރުން
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވައި ހިންގައި ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓްތައް ތައްޔާރުކުރުން
  • މޮނިޓަރިންގ، ކޮންޓްރޯލް އެންޑް ސަރވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމާއި ތަމްރީނު

- މަސްވެރިކަމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސްވެރިކަމުގެ ސިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު

- ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.

ޢިނާޔަތްތައް

ސިވިލް ސާރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން

  1. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުތު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވލް ސަރވިސް އަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 އޮކްޓޫބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2015