ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
|
މަޤާމު
|
ޑައިރެކްޓަރ އޮފް އެޑްމިން އެންޑް އެޗްއާރް
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ސީނިއަރ މެނޭޖްމަންޓް
|
މުސާރަ
ސަރވިސް އެލަވަންސް
ސްޕެޝަލް ޑިއުޓީ
އިނާޔަތްތައް
|
-/25,000 – -/30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ކޯޕަރޭޝަންގެ މައި މަރުކަޒާއި އަދި ކޯޕަރޭޝަންގެ ސައިޓް އޮފީސްތަކުގައި ބޭނުންވާނޭ އެންމެހައި އިދާރީ ޚިދުމަތްތައް ފޯރުކޮށްދިނުން.
- ކޯޕަރޭޝަންގެ ހުރިހާ ފަންތިއެއްގައިވެސް ޢަމަލުކުރަންޖެހޭ އިދާރީ ސިޔާސަތުތަކާއި، ހަމަތަކާއި މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުވުން.
- ކޯޕަރޭޝަންގެ މަސައްކަތްތައް އެންމެ އެދެވޭގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ އޮފީސް ސްޓްރަކްޗަރ ޤާއިމުކޮށް ބެލެހެއްޓުން.
- އިދާރިގޮތުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ދިނުން. އޭގެ ތެރޭގައި ބައްދަލުވުންތައް ހަމަޖެއްސުމާއި، ތަރުޖަމާކުރުމާއި، އޮފީހަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީގެ ޚިދުމަތް އެކަށީގެންވާ ގޮތުގައި ދެވޭނެ ފަދަ ޔުނިޓެއް ޤާއިމުކޮށް، ޚިދުމަތް ފޯރުކޮށްދެވޭކަން ޔަގީންކުރުން.
- ފެންވަރު ރަގަނޅު އައި.ޓީ ޚިދުމަތެއް ފޯރުކޮށްދިނުމާއެކު އައި.ޓީ ދާއިރާއިން ދިމާވެދާނެ މައްސަލަތައް ހައްލުކުރެވޭނެ ފެންވަރުގެ އޮނިގަނޑެއް އެކުލަވައިލުން މިގޮތުން އަ.އި.ޓީ އާ ގުޅުންހުރި ސިޔާސަތުތަކާއި، މިންގަނޑުތައް އެކުލަވައިލައި ތަންފީޒުކުރުން.
- ކޯޕަރޭޝަނަށް މުވައްޒަފުން ނެގުމުގައި ޢަމަލުކުރާނެ ސިޔާސަތުތައް އެކުލަވައިލުމާއި، މުވައްޒަފުން ކޯޕަރޭޝަންގެ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް ކޯޕަރޭޝަންގެ މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.
- ކޯޕަރޭޝަންގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.
- މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް އެކުލަވައިލުމާއި، މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން މަސައްކަތުގައި ދެމިތިބުމަށް ބާރުއެޅުމަށް ޕްރޮގްރާމްތައް ހިންގުން.
- މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތަކަށް ކޯޕަރޭޝަންގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލު ހޯދައިދިނުން.
- ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓްގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
- އެހެން ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކޮށް މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުން.
- ކޯޕަރޭޝަންގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓްގެ ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވަޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުން.
- ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެމްބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެފަދަ މާޙައުލެއް ޤާއިމުކުރުން
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ފެންވަރާއި މަސައްކަތާ ގުޅުންހުރި ދާއިރާގެ ތަޖުރިބާ
- ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
|
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
- މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
- ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ހުށަހެޅުއްވުން.
- އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.
|
22 ޛުލްޙިއްޖާ 1436
|