ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/282
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި: 15 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް މެއިންޓެނެންސް

 

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

ޑައިރެކްޓަރ ލޮޖިސްޓިކްސް އެންޑް މެއިންޓެނަންސް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ސީނިއަރ މެނޭޖްމަންޓް

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

އިނާޔަތްތައް

-/25,000 – -/30,000 އާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒީފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ – ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު

01

ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފުރިހަމައަށް މަސައްކަތްކުރާނެ ލޮޖިސްޓިކްސް ސިސްޓަމެއް ކޯޕަރޭޝަންގައި ޤާއިމުކޮށް، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލޮޖިސްޓިކްސް އެހީތެރިކަންދިނުން.
  2. ކޯޕަރޭޝަނަށް ހޯދާ މުދާ ރައްކާތެރިކަމާއެކު ގުދަންކޮށް ބެލެހެއްޓުމާއެކު ގުދަނުގައި ހުންނަ މުދަލުގެ ތަފުސީލުތައް ގަވާއިދުން ބެލެހެއްޓުން.
  3. ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތައް ހޯދުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި އުސޫލުތައް އެކަށައެޅުން.
  4. ކޯޕަރޭޝަނަށް ހޯދާ މުދަލާއި ޚިދުމަތްތައް ކޯޕަރޭޝަނުން އެކަށައަޅާފައިވާ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް ހޯދުމާއި، ކޯޕަރޭޝަނަށް އެންމެ ފައިދާހުރިގޮތަށް ހޯދުން.
  5. ކޯޕަރޭޝަންގެ މަސައްކަތުގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކާއި، އެއްތަނުން އަނެއްތަނަށް އުފުލައި، މުދަލާއި ޚިދުމަތްތައް ވަގުތަށް ފޯރުކޮށްދިނުމާއެކު ރައްކާތެރިކަން ޔަގީންކުރުން.
  6. ކޯޕަރޭޝަންގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަންގެ އެންމެ ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި، ކޯޕަރޭޝަން ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  7. ކޯޕަރޭޝަންގެ ހަރުމުދާތައް ބެލެހެއްޓުމާއި، ހަރުމުދާ މަރާމާތުކުރަންޖެހޭ ތާވަލްތައް އެކުލަވާލައި، ތާވަލުކުރެވިފައިވާ ގޮތަށް މަރާމާތުކުރުން.
  8. އަލަށް މާކެޓަށް ނުކުންނަ ތަކެއްޗާއި ލިބެންހުރި ޚިދުމަތްތަކާބެހޭ ދިރާސާތައް ކޮށް ބަލައި ހެދުން އަދި ކޯޕަރޭޝަންގެ މަސައްކަތަށް އެހީތެރިވެދޭ މުދަލާއި ޚިދުމަތްތައް ކޯޕަރޭޝަނަށް ތަޢާރަފުކުރުން.
  9. ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް މަސައްކަތްތަކާ ގުޅުންހުރި ރިޕޯޓްތައް ތައްޔާރުކުރުން.
  10. ކޯޕަރޭޝަންގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓް ދުވަހުން ދުވަހަށް ހިންގުމާއި، ބޭނުންވާ ފަންނީ މުވައްޒަފުން ހޯދުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާޙައުލެއް ޤާއިމުކޮށްދިނުން.
  11. ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓް ޓީމުގެ މެންބަރެއްގެ ގޮތުގައި ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރުމާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެފަދަ މާޙައުލެއް ޤާއިމުކުރުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ވަޒީފާއާބެހޭ ޤާނޫނާއި، ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ( އެކްރެޑިޓް ކުރެވިފައިވާ ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
  • ސުންގަޑި: 15 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
  • އިންޓަރވިއު އާއި އިމްތިޙާން ކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

21 ޛުލްޙިއްޖާ 1436

05 އޮކްޓޫބަރު 2015