ދިވެހިރާއްޖެ
|
ވަޒީފާގެ ފުރުޞަތު |
|
|
މަޤާމު: |
ޑިއުޓީ އޮފިސަރ |
|
ވަޒީފާގެ ދާއިރާ: |
މެނޭޖިންގ ޑައިރެކްޓަރސް ބިއުރޯ، ހުޅުމާލެ އިންޖީނުގެ |
|
މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ: |
-/5,740 ރ އާއި -/12,000ރ އާ ދެމެދު. |
|
ފެންވަރު ނުވަތަ ޝަރުޠު: |
ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމު ހާސިލުކޮށްފައިވުމާއެކު ދާއިރާއާގުޅޭ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. އަދި މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ޢުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވުން. |
|
ދާއިރާގެ މައިގަނޑު މަސައްކަތް: |
ޑިއުޓީ އުސޫލުން ސެކިއުރިޓީ ބެލެހެއްޓުން. |
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު: |
18 އޮކްޓޫބަރު 2015 ދުވަހުގެ 15:00 ގެ ކުރިން |
|
މިވަޒީފާއަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 6 މަސް ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ. މިމަޤާމަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 18 އޮކްޓޫބަރު 2015 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. 22 ޛުލްހިއްޖާ 1435 |
|
ނޯޓް: މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338236 / 3338262 ނަންބަރު ފޯނާއެވެ.