މުބާރާތް
ނަންބަރު: (IUL)419/419/2025/109
ޕަބްލިޝްކުރި ތާރީޚް: 07 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:06
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025' ކެންސަލްކުރުމާއި ގުޅޭ

ގައްދޫ ފުޓްސަލް ޗެލެންޖް 2025 ގައި ޓީމްތައް ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި މުބާރާތުގެ ސްކޯޕާއި މަޤްޞަދަށް ވާޞިލްވާނެ މިންވަރަށް ޓީމްތައް ބައިވެރިވުމުގައި އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީއާއި، އިތުރު ފުރުޞަތެއް ދެވިދާނެ ޙާލަތުގައި ކައުންސިލްގެ މީގެކުރީގެ މުބާރާތްތަކުގެ ލިބިފައިވާ ތަރުޙީބާއި އެކަށީގެންވާ މިންވަރަކަށް ޓީމް ރަޖިސްޓްރޭޝަން ލިބިދާނެކަމަށް ނުފެންނާތީއާއި،

 

ހިނގަމުންމިދާ ކައުންސިލްގެ މުއްދަތު ނިމުމަށް ކުޑަތަންވެފައިވާ ދަނޑިވަޅުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު 16 ވަނަ އިޞްލާހުގެ ސަބަބުން ކައުންސިލްގެ ހިނގަހިނގައި ހުރި ޙަރަކާތްތަކާއި ކުރިއަށް ރާވާފައިހުރި ޙަރަކާތްތައް ކުރިއަށްގެންދިޔުމުގައި ރީސްޓްރަކްޗަރކޮށް ތަރުތީބުކޮށްގެން ގެންދަންޖެހުން މުހިންމު އަދި އެންމެ އިސްކަމެއްގެ ގޮތުގައި ދެކޭތީ، 2025 ޖޫން 30 ވަނަ ދުވަހު ކައުންސިލުން އިޢުލާންކޮށްފައިވާ 'ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025' މިއަހަރުގައި ނުބޭއްވުމަށް މުބާރާތުގެ އެގްޒެކްޓިވް ކޮމިޓީއިން ނިންމާފައިވާކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

07 ސެޕްޓެންބަރު 2025