ދިވެހިރާއްޖެ
އިޢުލާނު
"މުލަކަތޮޅު އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތް 2025" ހޮސްޓް ކުރާނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާއިން ކުރި ނަންބަރ:(IUL)236-CA/236/2025/31 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕޮރޮޕޯސަލް ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިއިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "މުލަކަތޮޅު އަތޮޅު ކައުންސިލްގެ ޤުރުއާން މުބާރާތް 2025" ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 12 އިން 18 އާ ދެމެދުގެ ތާރީޚެއްގައެވެ.
ވީމާ، މި މުބާރާތް ހޮސްޓް ކުރުމަށް ބޭނުންފުޅުވާ ކައުންސިލްތަކުން މި އިޢުލާނާއެކު މިވާ ފޯމްގައިވާ މަޢުލޫމާތާއި އެއްގޮތަށް 2025 ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޕްރޮޕޯސަލް ތައްޔާރުކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.