ދިވެހިރާއްޖެ
އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ 74 ގޯތި ހިމެނޭ ސަރަހައްދުގައި ހުރި ރުއްގަސް ކައުންސިލުންދޭ އިރުޝާދާއި އެއްގޮތަށް ނަގާ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މަސައްކައްކަތާބެހޭ މަޢުލޫމާތު :
1 ނަގާ ރުއްގަސް މަސައްކަތް ނަގާ ފަރާތާ ކައުންސިލާދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް
ކަމާބެހޭ ފަރާތްތަކުގެ ހުއްދަ އާއެކު ރަށުން ބޭރުކުރެވޭނެއެވެ.
2 ކަމާބެހޭ އިދާރާތަކުންދޭ އިރުޝާދާއެއްގޮތަށް އިންދަންޖެހޭ ރުއްގަސް ކައުންސިލުން ކަނޑައަޅާ ތަންތަނުގައި އިންދުން. އަދި ބާކީ ހުރި ރުއްގަސް މުލުން ނަގާ ލަކުޑިއަށް/ވަކަރަށް ކަމުދާ ގުޅިތައް ނަގައިގެން ސައިޓުން ގެންދިއުން. އަދި ބާކީ ތަކެތި އުކާލުން.
3 މަސައްކަތް ނަގާފަރާތުން ސީއެސްއާރުގެ ގޮތުގައި ހައިމާރކް ފަދަ ބޮޑެތި ވެހިކަލް ބޭނުންކޮށްގެން ކައުންސިލަށް އެހީތެރިކަން ބޭނުންވާ ކަންކަން ކޮށްދިނުން.
4 މިމަސައްކަތާގުޅިގެން ކައުންސިލަށްދައްކަންޖެހޭ ފައިސާއެއްވާނަމަ، މަސައްކަތް ނިންމާ ވެހިކަލްތައް ރަށުން ބޭލުމުގެ ކުރިން ދައްކާ ނިންމުން.
5 މަސައްކަތް ފެށުމަށްފަހު މަސައްކަތައް ގެންނަ ވެހިކަލްތައް ރަށުން ބޭލުމުގެ ކުރިން ސީއެސްއާރުގެ މަސައްކަތް ނިންމުން .
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހު 10.00 ގެ ކުރިން https://forms.gle/4vrtXRh1HEEUAGjY7 މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސައިޓް-ސީއިން ސެޝަންއެއް 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި އޮންނާނެއެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ.
- އެސްޓިމޭޓް ހުށަހަޅާ ސިޓީގައި މަދުވެގެން ތިރީގައިމިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ހ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު : ނަން ، އައިޑީކާޑު ނަމްބަރ ، ފޯން ނަމްބަރ.
ށ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓްރީއާއި ގުޅޭ މަޢުލޫމާތު .
ނ . މިމަސައްކަތަށް ކައުންސިލަށް ދައްކާނެ ފައިސާ ގެ ޢަދަދު. ( ރުކަކަށް )
ރ . މަސައްކަތް ނިންމުމަށް ދޭ މުއްދަތު .
ބ . އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސޮއި
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 28 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13.00 އެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި" ގޯތިދޫކުރާ ސަރަހައްދުގެ ބިން ސާފުކުރުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކަށް ސައިޓް-ސީއިން ސެޝަންއަށް ހާޟިރުނުވެވޭނަމަ، ރަސްމީ ލިޔުމަކުން ބަދަލުގައި އެހެންފަރާތެއް ހަމަޖެއްސިދާނެއެވެ. މި ލިޔުމާއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ސަމާލުކަން ދެއްވަންވީ މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.
1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް
މާރކްސް ދެވޭ ކްރައިޓީރިޔާ |
މާކްސްދެވޭ މިންގަނޑު |
ތަފްޞިލް |
ފޯރމިއުލަރ |
އަގު |
90% |
v އަގަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ބޮޑުއަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ބޮޑު އަގަށެވެ. |
Benchmark price/Submitted price x Allocated percentage |
މުއްދަތު |
10% |
v މުއްދަތަށް ދެވޭ މާރކްސް v މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ. |
Benchmark price/Submitted price x Allocated percentage |
2 ސަމާލުކަންދޭންވީ ކަންތައްތައް
1 ތިރީގައިވާ މަރުހަލާތައް ފުރިހަމަ ނުކުރައްވާ ފަރާތްތަކުގެ އަގުތައް ބަލައިނުގަނެވޭނެއެވެ.
v ރަޖިސްޓްރީނުކުރައްވާ ފަރާތްތައް
v ސައިޓް-ސީއިން ސެޝަންއަށް ހާޒިރުނުވާ ފަރާތްތައް
v މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަގުތައް
v އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަގުތައް
2 ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.
3 އަގާއެކު ހުށަހަޅަންޖެހޭ ތަކެތި
1 އަމިއްލަ ފަރުދެއްނަމަ އެ ފަރާތުގެ އައިޑީ ކާޑުގެ ޞައްޙަ ކޮޕީއާއި، ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
2 ކުންފުންޏެއް ނަމަ ކުންފުނީގެ ރަޖިސްޓްރީއާއި ، އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް
4 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
އީ . މެއިލް : [email protected]
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.