ދިވެހިރާއްޖެ
ނަންބަރ: (IUL)270/270/2025/65
އިޢުލާން
މަކުނުދޫ ސްކޫލްގެ "ސްޕޯރޓްސް ފިއެސްޓަރ 2025" އާއި ގުޅިގެން ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ
7 ސެޕްޓެމްބަރ އިން 17 ސެޕްޓެމްބަރ 2025 އަށް ކުރިއަށްދާ މަކުނުދޫ ސްކޫލްގެ " ސްޕޯރޓްސް ފިއެސްޓަރ 2025" ގެ ކުޅިވަރުތައް ކުރިއަށްދާ ސަރަޙައްދު (މަކުނުދޫ ފުޓްސަލް ދަނޑު) ގައި ގާޑިޔާ، މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ކުރިމަތިލެވޭނެ ފަރާތައް ތިރީގައި އެވަނީއެވެ.
- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ އެންމެހާ ފަރާތްތަކަށް
- ޖަމިއްޔާތަކުގެ ޤާނޫނު (ޤާނޫނު ނަންބަރ:2022/3) ގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޖަމިއްޔާ ޖަމާޢަތްތަކަށެވެ. (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)
- ސަރުކާރުގެ މުއައްސަސާތަކަށް (ފަންޑް ރައިޒް ކުރުމުގެ ބޭނުމުގައި)
ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރެވޭނީ ކައުންސިލުން ކަނޑައަޅާފައިވާ ފީ ކައުންސިލަށް ދެއްކުމަށްފަހުއެވެ. އެގޮތުން ހުއްދަ ދެވޭ ފަރާތްތަކުން ދުވާލަކަށް ދައްކަންޖެހޭނެ ފީގެ އަދަދަކީ -/150 ދިވެހި ރުފިޔާއެވެ. އަދި ހުއްދަ ދެވޭ ކޮންމެ ފަރާތަކަށް ދެވޭނީ 1 (އެކެއް) ސްލޮޓެވެ. އަދި ހުއްދަ ދެވޭ ސަރަޙައްދުގައި ކެއްކުމަކީ މަނާކަމެކެވެ. ހުއްދައަށް އެދޭ ފަރާތަކީ މުއައްސަސާއެއް ނުވަތަ ޖަމިއްޔާއެއްނަމަ ފަންޑްރައިޒް ކުރާ ބޭނުން އެނގޭނެ ގޮތަށް ފޯމަށް އަޕްލޯޑް ކުރަންވާނެއެވެ.
އަދި މުނާސަބަތުތަކާއި ގުޅިގެން ކުރު މުއްދަތަކަށް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ޤަވާއިދުގެ ދަށުން ހުއްދަ ދެވޭ ފަރާތްތައް ފިޔަވައި އެހެނިހެން ފަރާތްތައް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އަދި ޤަވާއިދާއި ޙިލާފަށް ޢަމަލުކުރާ ފަރާތްތަކަށް މި ޤަވާއިދުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖޫރިމަނާކުރެވޭނެއެވެ.
ވީމާ މަކުނުދޫ ސްކޫލްގެ "ސްޕޯރޓްސް ފިއެސްޓަރ 2025" ގެ ކުޅިވަރުތައް ކުރިއަށްދާ ވަގުތު، ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ފޯމް ފުރުއްވުމަށްފަހު 2025 ސެޕްޓެމްބަރ 07 ވަނަ ދުވަހުގެ 15:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.
ފޯމް ލިންކް: https://forms.gle/5fxdRbT6ukxAdDfT7
މުނާސަބަތުތަކާއި ގުޅިގެން ކުރު މުއްދަތަކަށް ގާޑިޔާ މޭޒުފަދަ ތަކެތި ބަހައްޓައިގެން ވިޔަފާރިކުރުމުގެ ޤަވާއިދު ލިންކް: https://bit.ly/3OzxQcm
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9720343 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
15 ރަބީޢުލް އައްވަލް 1447
07 ސެޕްޓެމްބަރ 2025