ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2015/275
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 15 އޮކްޓޫބަރު 2015 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

 

އިޢުލާން

ތިރީގައި މިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

މަޤާމުގެ ރޭންކް

ޖީ. އެސް. 4

 މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މުސާރަ

-/5،020 ރުފިޔާ

ސަރވިސް އެލަވަންސް

-/1،500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

-/1،757 ރުފިޔާ

އިތުރުގަޑީގެ ފައިސާ

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ/ ފައިނޭންސް ޔުނިޓް

ބޭނުންވާ އަދަދު

1 (އެކެއް)

ޝަރުޠު:

1. އެކައުންޓްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން،  ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު،  އެކައުންޓްސްގެ މަސައްކަތާ ގުޅޭ  ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޕެޓީކޭޝް ފައިސާ ބެލެހެއްޓުން (ޕެޓީކޭޝްއިން ޚަރަދުވާ މިންވަރާއި، ބާކީ ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން)

2. މިނިސްޓްރީގެ ތިޖޫރި ބެލެހެއްޓުމާއި، ކޮންމެ ހަފުތާއަކު ތިޖޫރި ރިޕޯޓް ފޮނުވުން.

3. މިނިސްޓްރީގެ ޓްރަސްޓްފަންޑް އެކައުންޓްތަކުގެ ހިސާބު ބެލެހެއްޓުން (ޕޭމަންޓް ވައުޗަރ ހެދުމާއި، ޓްރަސްޓްފަންޑަށް

ލިބޭ ފައިސާ ޓްރަސްޓްފަންޑް އެކައުންޓަށް ޖަމާކުރުމާއި، ޓްރަސްޓްފަންޑް އެކައުންޓްތަކުގެ ބާކީ ބެލެހެއްޓުން)

4. މިނިސްޓްރީގެ ޓްރަސްޓްފަންޑުތަކުގެ މާލީ ހިސާބު، ކޮންމެ އަހަރެއް ނިމުމުން، ހިނގާ އަހަރުގެ 31 މާރިޗުގެ ކުރިން ތައްޔާރުކޮށްފައި، އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.

5. އެމް. އެމް. އޭ. އަށާއި ފިނޭންސް މިނިސްޓްރީއަށް ފައިސާ/ ޗެކު ބަލައި ދިއުން.

6. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކުގެ ކުރިއަށްއޮތް އަހަރުގެ  ލަފާކުރާ ބަޖެޓް ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީން އަންގާފައިވާ މުއްދަތަށް ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވުން.

7. މިނިސްޓްރީއާއި މިނިސްޓްރީގެ ދާއިރާތަކުގެ  މާލީ ހިސާބު ތައްޔާރުކޮށް އޮޑިޓް އޮފީހަށާއި ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުގެ މަސައްކަތުގައި އެހީތެރިވުން

8. ފައިނޭންސް ޔުނިޓުން ތައްޔާރުކުރަންޖެހޭ އެކިއެކި ރިޕޯޓްތަކާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުން.

9. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ތައްޔާރުކޮށްފައި އެޑްމިން ޔުނިޓާ ހަވާލުކުރުން.

9. މިނޫނަސް، އޮފީހުން ރާވާ ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ، އެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ފައިސާއާބެހޭ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު.
  2. ދިވެހި ބަހާއި، އިނގިރޭސިބަހުން ފަރިތަކޮށް ޓައިޕްކުރަން އެނގުމާއި، މައިކްރޯ ސޮފްޓް އެކްސެލް ބޭނުންކުރަން އެނގޭ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދާއި، މާލިއްޔަތާބެހޭ ޤަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީ

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

8.  ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަ ކުރުމުގައި ބެލެވޭނެއެވެ.

އިންޓަވިއު:

- އިންޓަރވިއުއާއި އިމްތިޙާންކުރުން 18 އޮކްޓޫބަރު 2015 އާއި 29 އޮކްޓޫބަރު 2015 އާ ދޭތެރޭގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:

2015  އޮކްޓޫބަރު  15  ވާ  ބުރާސްފަތި  ދުވަހުގެ  12:00 ގެ  ކުރިން  މިނިސްޓްރީ  އޮފް  އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުން އެދެމެވެ.

17 ޛުލްޙިއްޖާ 1436

01 އޮކްޓޫބަރު 2015